ނުރައްކާތެރި ކޮވިޑް 19ގެ ސަބަބުން އިންޑިއާގެ ސިނަމާތައް ފަސް ވަރަކަށް މަހަށް ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިމަހު 15 ގައި އަލުން ހުޅުވަން ނިންމައިފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިނަމާތައް އަލުން ހުޅުވާނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަަށްފަހު ގައެވެ. އަދި ސިނަމާ ހޯލުގައި ގޮނޑި ޖަހާނީ 3 ފޫޓްގެ ދުރުމިނެއް ބެހެއްޓުމަށް ފަހުގައެވެ. އަދި ސިނަމާތަކަށް އާއްމުންނަށް ދެވޭނީ މާސްކް އަޅައިގެންނެވެ.
އިންޑިއާ ސަރުކާރުން ނެރުނު ގައިޑްލައިންތަކުގައި ވާގޮތުގައި ސިނަމާތައް އަލުން ހުޅުވުމުން އެތަނަށް ވަދެވޭނީ ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް މީހުންނަށެވެ. އަދި ސިނަމާ ހޯލަށް ވެއްދުމުގެ ކުރިން ތާމަލް ސްކްރީނިންގް މެދުވެރިކޮށް މީހުންގެ ޓެމްޕުރޭޗަރު ހުރި މިންވަރު ބަލަން ޖެހޭނެއެވެ.
މީގެ އިތުރުން ސިނަމާ ހޯލަށް ބޭރުން ކާއެއްޗެހި ވެއްދުން މަނާވާނެއެވެ. ކޮވިޑާއި ގުޅިގެން ސިނަމާތައް ބަންދުކުރުމުން ގިނަ ފިލްމުތަކެއް ވަނީ އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒްކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން