ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން ބުނީ، މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ބިލުތަކާ ގުޅޭ ލިސްޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެގޮތުން އޭޖީ އޮފީހުން ބުނީ ތިންވަނަ ދައުރަށް 28 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަަމަށެވެ.

އެ ބިލުތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބިލާއި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު ވެސް ހިމެނެއެވެ.

  • ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޕޭމަންޓް ސިސްޓަމް އާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލު
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހެއްކާ ބެހޭ ބިލު
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  • ކާބޯތަކެއްޗާ ބެހޭ ބިލު
  • ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބިލު
  • އާންމު ދަތުރުފަތުރުގެ ބިލު
  • އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  • ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
  • ތަސްނީފު ކުރުމުގެ ބިލު
  • ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
  • ފޮރިން އިންވެސްޓްމަންޓުގެ ބިލު
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލު
  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެެނައުމުގެ ބިލު
  • އިންސޮލްވަންސީއާ ބެހޭ ބިލު
  • އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  • އާއިލާއާބެހޭ ބިލު
  • ނަފްސާނީ ސިއްހަތުގެ ބިލު
  • މީހުން ސްމަގްލް ކުރުން ހުއްޓުވުމުގެ ބިލު
  • ބޯހިޔާވަހިކަަމުގެ ބިލު
  • މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ މިއަދުއެވެ. ދެވަނަ ޖަލްސާ މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.