ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ތަހުގީގުކުރާ އަނިޔާގެ މައްސަލަތައް ތަހުގީގުކުރުމަށް ހުރި ދަތިތައް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ސަމާލުކަމަށް ގެނެސްފިއެވެ.
އެޗްއާރްސީއެމުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އެންޓި ޓޯޗާ ގާނޫނުގެ ދަށުން އެ ކޮމިޝަނުން ތަހުގީގުކުރާ އަނިޔާގެ މައްސަލަތައް ގާނޫނީ މުއްދަތުގައި ތަހުގީގުކޮށް ނިންމުމަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށް އެކަން ޕީޖީ ޝަމީމްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން އެޗްއާރުސީއެމުން ބުނީ، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ ލާއިންސަނީ ކަންކަން ރިޕޯޓުކޮށްފައިވާ އަދަދުގެ ތަފާސްހިސާބު އެ ކޮމިޝަނާ ހިއްސާކުރައްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން، އަތޮޅުތެރޭގައި އަދި ވަކިވަކި ރަށްރަށަށް ހާއްސަކޮށްގެން އެޗްއާރުސީއެމްގެ ކެމްޕޭންތައް ކުރިއަށް ގެންދަން އެހީއަކަށްވެގެން ދާނެ ކަމަށްވެސް އެ ކޮމިޝަނުގެ ޓުވީޓުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު