މުދައްރިސުން އަދާކުރަނީ ވަޒީފާއެއްކަމުގައިވީ ނަމަވެސް ހަގީގަތުގައި މުދައްރިސުންގެ މަސައްކަތަކީ ގައުމުގެ ހައްގުގައި ކުރާ ވަރަށް އަގުހުރި އިންސާނީ ހިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖުގައެވެ.
އެ މެސެޖުގައި ރައީސް ވިދާޅުވީ، މުދައްރިސުން ކުރަމުން އަންނަ މަސައްކަތަކީ ރަނގަޅު އިލްމާއި ހެޔޮ ތަރުބިއްޔާތާއި ރިވެތި އަހުލާގުގެ މަތީގައި ގައުމުގެ ދަރީންގެ ކުރިމަގު ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކޮވިޑް 19ގެ ހާލަތުގައިވެސް ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމަށް މުދައްރިސުން ވެވަޑައިގަންނަވަމުން ގެންދަވަނީ މުޅި ގައުމު އެކަމަށްޓަކައި ފަހުރުވެރިވާނެ ގުރުބާނީއެއް ކަމަށެވެ.
ރައީސްގެ މެސެޖު ނިންމައިލައްވަމުން ވަނީ ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ނަމުގައި މުދައްރިސުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު