ލ. މާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުގަލުގެ އެންމެ ފަހު ޝިޕްމަންޓު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި އެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބޮޑުގަލުގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ބާލައި ނިމިފައިވާއިރު، ކުރިއަށް އޮތް 60 ދުވަސްތެރޭ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމުގެ އިތުރުން ރޭމްޕް އެޅުމާއި މޫރިންގް ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާއި މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ 27.3 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ އޭޕްރިލް ހަތް ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ