ކުޑަކުދިންނަށް ހާއްސަކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ "ލިޓްލް ބަޑީ ޓެލެންޓްޒް" މުބާރާތް ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.
މި މުބާރާތަކީ، ކުޑަކުދިންގެ ހުނަރު ދައްކާލުމަށް އެކި ގައުމުތަކުގައި އޮންލައިންކޮށް ކުރިއަށްގެންދާ މުބާރާތެކެވެ.
ޑިޖިޓަލް ޕާޓުނަރެއްގެ ގޮތުގައި އުރީދޫއާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 2.5 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް www.maldives.littlebuddy.uk އަށް ޒިޔާރަތްކޮށް، ރަޖިސްޓަރީވާން ޖެހޭނެއެވެ.
މި މުބާރާތުގައި ހަތަރު ދާއިރާއަކުން ހުނަރު ދައްކާލެވޭނެއެވެ. އެއީ، ކުރެހުމާއި ލަވަކިޔުމާއި ނެށުން އަދި އިންސްޓްރޫމެންޓަލް މިއުޒިކް އެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެެވެ.
- 2.5 އަހަރާއި ފަސް އަހަރާ ދެމެދު
- ހަ އަހަރާއި 10 އަހަރާ ދެމެދު
- 11 އަހަރާއި 13 އަހަރާ ދެމެދު
- 14 އަހަރާއި 18 އަހަރާ ދެމެދު
މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ބައިވެރިއަކުވެސް އެބައިވެރިއަކު އިހުތިޔާރުކުރާ ދާއިރާއަކުން އެބައިވެރިއެއްގެ ހުނަރު ފެންނަ ދެ މިނެޓުގެ ވީޑިއޯއެއް ނުވަތަ ހުނަރު ފެންނާނެ ފޮޓޯއެއް ލިޓްލް ބަޑީ ޓެލެންޓްޒްގެ ވެބްސައިޓަށް އަޕްލޯޑު ކުރަން ޖެހޭނެއެވެ.
މުބާރާތުގެ ވަނަތައް ހޮވާނީ ތިން ޖަޖުން ހިމެނޭ ޕެނަލްއަކުންނެވެ. ޖަޖުންގެ ޕެނަލްގައި ހިމެނެނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އާއި ނެށުންތެރިޔާ ރޮބޯމޭން އަދި ކުރެހުމުންތެރިޔާ ސޮއުމިއްޔާ ސުދީޝް އެވެ.
ޚަބަރު
ޚަބަރު
ޚަބަރު