ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް
އެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން 3.5 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން ދިގުމިނުގައި 3.5 ކިލޯމީޓަރު ހުންނަ ފޮނަދޫގެ 12 މަގެއް ތަރައްގީ ކުރާނެއެވެ. ޖުމުލަ 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމު ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ފޮނަދޫ މަގުތަކުގައި ސްޕީޑް ބްރޭކަރު ލުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެމްޓީސީސީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019ގެ ޖޫން 26 ގައެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ