އައްޑޫ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރުމަށް ގެނައި އިންޑިއާ މީހުންގެ ތެރެއިން ޕޮޒިޓިވްވި 53 މީހުންނާއި ބައްދަލުވި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެތަނުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ 54 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެމީހާ ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އަދި އެމީހާއަކީ ކުރިން ޕޮޒިޓިވްވި 53 މީހުންގެ ޑައިރެކްޓް ކޮންޓެއްގެ ގޮތުގައި ފާހަގަކުރެވި، ކަރަންޓީނުގައި ހުރި މީހެކެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި އެންމެންވެސް ތިބީ ގަމުގައި ހުންނަ ދޫގަސްގައި ކަރަންޓީނުވެގެންނެވެ.

ޕޮލިސް އެކެޑެމީގެ މަސައްކަތަށް މިދިޔަ މަހުގެ 13 އިންޑިއާއިން 128 މީހުން އައިސްފައިވެއެވެ. އެ އެންމެންވެސް ވަނީ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަކޮށްފައެވެ. ޕޮޒިޓިވްވި ފަރާތްތައް ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލްގެ ނަތީޖާއިންނެވެ.

އައްޑޫއިން މިހާތަނަށް 68 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ޕޮލިސް އެކެޑެމީން ޕޮޒިޓިވްވި 54 މީހުން ފިޔަވައި އެ ސިޓީން ޕޮޒިޓިވްވި އެންމެން ވަނީ ބަލިން ވަނީ ފަސޭހަވެފައެވެ.