ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ކެލާ ކައުންސިލްގެ އޮފިޝަލު ވިދާޅުވީ، މިއަދު އެރަށުން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކަމަށާއި އޭނާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގެ 14 ދުވަސް ހަމަކުރުމަށްފަހު ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އެމީހާއާއެކު އިތުރު ފަސް މީހުން ކަރަންޓީނުވެފައި ތިބި ކަމަށާއި ނަމަވެސް އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށެވެ.
މީގެ ކުރިންވެސް ކެލާއިން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެންމެ ފަހުން އެ ރަށުން މީހަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހެވެ.
މީގެ އިތުރުން ކެލާއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. ރާއްޖެއިން މިހާތަނަށް އެބަލީގައި މަރުވެފައިވަނީ 34 މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު