އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ލިބިފައިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ހިޔާނާތުގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. އެމްއެމްޕީއާރުސީގެ ފައިސާ އަޅުގަނޑަށް ލިބިފައެއް ނުވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް މި ހިޔާނާތުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށެވެ. އަދި އޭނާއަށް ކުރެވުނު ކުށަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ހުރިހާ ސިޔާސީ ޕާޓީތަކާއި ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް މަންފާ ކޮށްފައިވާ ކަމަށެވެ.
އަދާލަތު ޕާޓީން ވެސް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު