ދަނޑުވެރިކަމަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފަޅުރަށްތައް، އެގްރޯ ނެޝެނަލް ކޯޕަރޭޝަން މެދުވެރިކޮށް އަވަހަށް ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލައްވައި މެންބަރު ފިރުޝާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، ދަނޑުވެރިކަމަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފަޅުރަށްތައް އެގްރޯ ނެޝެނަލް ކޯޕަރޭޝަން މެދުވެރިކޮށް ވީހާވެސް އަވަހަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.
ދިވެހި އުފެއްދުންތެރިކަން އިތުރުކޮށް ވަޒީފާގެ ފުރުސަތު މި ދަނޑިވަޅުގައި އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް ފިރުޝާން ވިދާޅުވެފައި ވެއެވެ.
އެގްރޯ ނެޝެނަލް ކޯޕަރޭޝަނަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދަނޑުވެރިންގެ އުފެއްދުންތައް ގަނެ، އެ ތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައި ޗެއިން ތަރައްގީ ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.
ދަނޑުވެރިކަން
ދަނޑުވެރިކަން
ދަނޑުވެރިކަން
ދަނޑުވެރިކަން