މާލޭގައި ހަތަރު ބިދޭސީއެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ، މިއަދު މެންދުރުފަހު މަޖީދީމަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅީގައި ހަތަރު ބިދޭސީންގެ މެދުގައި މާރާމާރީ ހިންގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.