ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު، އޭނާގެ އަމިއްލަ މަސްލަހަތު ފުށުއަރާ ގަޒިއްޔާއެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ސާބިތުވެފައިނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަނުން އިސް ނަގައިގެން މިއަހަރުގެ ފެބްރުއަރީ 5 ގައި ތަހުގީގު ކުރަން ނިންމާފައިވާ އެ މައްސަލަ ތަހުގީގުކުރެވި، އެ މައްސަލަ ޝަރީފުގެ މައްޗަށް ސާބިތުނުވާ ކަމަށް މިމަހު 13 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ މިއަހަރުގެ 66 ވަނަ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

އެކަމާގުޅޭ ގޮތުން ޖޭއެސްސީގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ އެ މައްސަލަ ޝަރީފުގެ މައްޗަށް ސާބިތު ނުވުމުން އިތުރަށް އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައިނުވާ ކަމަށެވެ.