ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓްގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ހަތަރު ކްލާސްރޫމުގައި ދިރާގުން ގާއިމުކޮށްދީފިއެވެ.
މީގެ ކުރިންވެސް ދިރާގުން އަންނަނީ ފިޔަވަތީގެ ކޮމްޕިއުޓާ ލެބަށް އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ.
ކޮވިޑް 19ގެ މި ދަނޑިވަޅުގައި އިންޓަނެޓްގެ ބޭނުން އިތުރަށް ޖެހިފައިވާތީ، ލެބްގެ އިތުރުން ކްލާސް ރޫމް ތަކުގައި ކުދިންގެ ސްކޫލް ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ބޭނުންވެފައިވާ ކަމަށް ދިރާގުން ބުންޏެވެ. އަދި 99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް 7 އާ ހަމައަށް މިހާރުވެސް ފިޔަވަތިން އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން އަންނައިރު، ދިރާގުން ގާއިމު ކޮށްދީފައިވާ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ހާއްސަ ހަރަކާތްތަކުގައިވެސް އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
މިކަމާ ގުޅިގެން ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމް ވަނީ ދިރާގުން ފިޔަވައްޗާ މެދު ބަހައްޓާ ގާތްކަމާއި އެހީތެރިކަމަށްޓަކައި އެކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރު ތަކުގައިވެސް ވަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު