ޗައިނާގެ ޕްރީސްކޫލެއްގައި ދަރިވަރުންނަށް ޒަހަރު ދިން ޓީޗަރު މަރަނއް ހުކުމްކޮށްފިއެވެ.
ޗައިނާގެ ޖިއާއޮޒޫ ސިޓީގައި ހުންނަ ޕްރީސްކޫލެއްގައި މަސައްކަތް ކުރާ ވަންގް ޔުން ނަމަކަށް ކިޔާ އެޓީޗަރު މެރުކަށް ހުކުމް ކޮށްފައިވަނީ އެ ޕްރީސްކޫލުގެ 25 ދަރިވަރަކަށް ޒަހަރު ކާން ދިނުމުގެ ކުށުގައެވެ. 25 ދަރިވަރުންގެ ތެރެއިން އެއް ކުއްޖަކު މަރުވެފައިވާކަމަށް އެގައުމުގެ މީޑިއާއިން ރިޕޯޓު ކޮށްފައި ވެއެވެ.
ވަންގް މި އަމަލު ހިންގާފައިވަނީ އޭނާއާ އެކު މަސައްކަތް ކުރާ އެހެން ކުލާހެއްގެ ޓީޗަރެއްގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ވަންގް ވަނީ އަނެއް އެޓީޗަރު ކިޔަވައިދޭ ދަރިވަރުންގެ ހެނދުނުގެ ނާސްތާއަށް ސޯޑިއަމް ނައިޓްރޭޓް އަޅާފައިކަމަށް ތަހުގީގުން ވަނީ އެނގިފައެވެ. ހެނދުނުގެ ނާސްތާއަށްފަހު 23 ދަރިވަރަކު ހޮޑުލައި އަނބުރައިގަންނަން ފެށިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ވަންގް އަށް ހުކުމް އިއްވަމުން ކޯޓުން ވަނީ މިއީ ވަންގް އޭނާ އެހެން ޓީޗަރެއްގެ ކުލާސް ކުދިން އޭނާގެ ކުލާހަށްވުރެ މޮޅުވުމާއި ސްކޫލްގެ މެނޭޖްމަންޓުން އޭނާގެ ކުލާހާއި އެހެންކުލާސްތަކާ މެދު ތަފާތު ގެންގުޅޭކަމަށް ބުނެ ކުރި އަމަލެއްކަމުގައި ނިންމައިފައެވެ.
ކޯޓުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވަންގް މީގެކުރިން ވަނީ އޭނާގެ އާއިލާގެ މެންބަރުންނަށް ވެސް ޒަހަރު ދީފައެވެ.
ކޯޓުގެ ހުކުމުގައި ބުނީ ވަންގެ މެރުމަށް ބަޑި ޖެހުން ނުވަތަ އިންޖެކްޝަން އިޚުތިޔާރު ކުރެވިދާނެ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ