ހދ. ނައިވާދޫ ސިއްހީ މަރުކަޒުގެ މައި ދޮރުގައި ފިލާގަނޑެއް ހަރުކޮށް މޮހޮރު ޖަހައި ބަންދުކޮށްފިއެވެ.
ދޮރުގައި ހަރުކޮށްފައިވާ ފިލާގަނޑުގައި ވަނީ "ކޮބާ ނައިވާދޫއަށް ދޭން ބުނި އެންބިއުލާންސް؟" މިހެންނެވެ.
ނައިވާދޫ ކައުންސިލުގެ ރައީސް އަހުމަދު ފާއިޒް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ސިއްހީ މަރުކަޒުގެ ދޮރުގައި ފިލާގަނޑެއް ހަރުކޮށް ސިއްހީ މަރުކަޒު ބަންދުކޮށްފައިވަނީ ރޭ 12:30 ހާއިރު ކަމަށާއި އެ ފިލާގަނޑު މިހާރު ނައްޓާލާފައިވާ ކަމަށެވެ.
ސިއްހީ މަރުކަޒުގެ ދޮރަށް މޮހޮރު ޖަހައި ބަންދު ކުރީ ކޮންބައެއް ކަމެއް ނޭނގޭ ކަމަށް ފާއިޒް ވިދާޅުވިއެވެ. އަދި އެކަން ކޮށްފައިވަނީ ސިއްހީ މަރުކަޒުގައި ޑިއުޓީ އަދާކުރަން ހުރި ވޮޗަރުވެސް ނެތް ގަޑިއެއްގައި ކަމަށް ވިދާޅުވިއެވެ.
މި މައްސަލަ އެރަށު ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު