ސަރުކާރުގެ ފްލެޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން މާލެ އާއި ހުޅުމާލެ އަދި އަތޮޅުތަކުގައި ދޫކޮށްފައި ހުރި ފުލެޓްތަކުގެ ކުލި މާޗު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ފަސްކޮށްދީފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކުލި ފަސްކޮށްދިނުމުގެ މުއްދަތު އިތުރުކުރަން ގިނަ ބަޔަކު އެދެމުންދާތީ މިމަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުލެޓާއި ހައުސިން ޔުނިޓުތަކުގެ ކުލި ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ.
ކުލި ދެއްކުން ފަސް ކުރިޔަސް، ފުލެޓްތަކުގެ މެއިންޓަނަންސް ފީ އެ މުއްދަތުގައި ދައްކަން ޖެހޭނެ ކަމަށާއި އަދި ކުލި ފަސްކުރާ މުއްދަތު އެގްރިމެންޓުގެ މުއްދަތަށް އިތުރު ކުރެވޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
އިއުލާނުގައި އިތުރަށް ބުނީ، ކުލި ފަސްކުރުމަށް ބޭނުންވާ މީހުން އޮކްޓޯބަރު 15 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން އައިޑީކާޑުގެ ކޮޕީ އާއި ހައުސިން މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ އެގްރީމެންޓްގެ ނަންބަރު އެނގޭނެ ގޮތަށް އީމެއިލް މެދުވެރިކޮށް އެކަން އަންގައިދިނުމަށް އެދޭ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު