ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާކުރުމަށް ނިންމައި، މާލެ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލީ މިއަހަރުގެ ޖުލައި 6 އިން 23 އަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަތުރު ހަމަނުވާ މީހުންނަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް އިއްޔެ އިން ފެށިގެން މާދަމާގެ މެންދުރުފަހު 2:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

ޝަކުވާ އާއި ހުށަހަޅަން ޖެހޭ ލިޔުންތައް ފޮނުވަން ޖެހެނީ [email protected] އަށެވެ.