އާސަންދައިން ފުރަތަމަ ފަހަރަށް މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.
"އާސަންދަ"ގެ ނަމުގައި މިއަދު ތައާރަފުކޮށްފައިވާ މި އެޕްލިކޭޝަން މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވެން ހުރި އިރު، އެ އެޕްލިކޭޝަންގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އެ އެޕްގެ އައިއޯއެސް އެޕްލިކޭޝަން ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށް އާސަންދައިން ބުންޏެވެ.
"އާސަންދަ" މޯބައިލް އެޕްލިކޭޝަން ޑައުންލޯޑުކޮށް، ރަޖިސްޓްރީވުމުން އާސަންދަ ސްކީމްގެ ދަށުން ހިިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ހިދުމަތްތަކުގެ ތަފްސީލު ފެންނަން ހުންނާނެއެވެ. ނަމަވެސް "ވިނަވި" ޕޯޓަލް ބޭނުންކުރަން ނުފަށާ އާސަންދަ ހިދުމަތްދޭ ތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު އެޕްލިކޭޝަނުން ނުފެންނާނެއެވެ.
އެ އެޕްލިކޭޝަން ބޭނުންކޮށްގެން ޑޮކްޓަރުން ދޭ ބޭސް ސިޓީ ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް ބަލައިލެވޭނެއެވެ. އަދި ނުހޯދާ ހިދުމަތެއް ލިސްޓުކޮށްފައިވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަހުގީގުކުރާނެއެވެ.
އާސަންދައިން ބުނީ، އެ އެޕްލިކޭޝަން ތައާރަފުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާސަންދަ ސްކީމުގެ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިއުން ކަމަށެވެ.
އެޕްލިކޭޝަންގެ މަގުސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުވާނީ އާސަންދަ ސްކީމުގެ ހިދުމަތްދޭ އެންމެހާ ތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފުސީލު ފެންނަން ހުރުމުން ކަމަށް ގަބޫލުކުރާ ކަމަށް އާސަންދައިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު