ދިޕިކާ ޕަޑްކޯނު އަދި ރަކުލް ޕްރީތު ސިންގުގެ ފޯނު ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯއިން ހިފަހައްޓައިފިއެވެ.
ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން އެންސީބީ އިން ތަހުގީގުކުރަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ދިޕިކާ އެންސީބީއަށް ހާޒިރުކޮށްފައިވާއިރު، މިދިޔަ ހަކުރު ދުވަހު ވަނީ ރަކުލް ވެސް އެންސީބީއަށް ހާޒިރުކޮށްފައެވެ. އެންސީބީއާ ހަވައިލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ތަހުގީގަށް އިތުރަށް ހެކި ހޯދުމަށް ޓަކައި ދިޕިކާ އާއި ރަކުލް އާއި ދިޕިކާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އާއި އަދި ފެޝަން ޑިޒައިނަރު ސިމޯނު ހަމްބައްޓާގެ ފޯނު ވަނީ ހިފަހައްޓައިފައެވެ.
އެންސީބީއަށް ހާޒިރުކުރުމަށް ފަހު ދިޕިކާ އަދި ރަކުލް އާ އެންސީބީގެ އޮފިޝަލުން ވަނީ ގާތްގަނޑަކަށް ފަސް ގަޑިއިރު ވަންދެން ސުވާލުކޮށްފައެވެ. އެގޮތުން ދިޕިކާގެ މެނޭޖަރު ކަރިޝްމާ ދެ ދުވަހެއްގެ މަތިން އެންސީބީއަށް ހާޒިރުކޮށް ތަހުގީގު ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެންސީބީ އިން މި މީހުންގެ ފޯނުތައް ހިފެހެއްޓީ، މަސްތުވާތަކެއްޗާ ގުޅޭ މުއާމަލާތްތައް ކޮށްފައިވަނީ އެ ފޯނުތަކުން ކަމަށް ޝައްކު ކުރެވޭތީއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެންސީބީ އިން ވަނީ ސުޝާންތުގެ ޓެލެންޓް މެނޭޖަރު ޖަޔާ ސަހާގެ ފޯނުވެސް ހިފަހައްޓައިފައެވެ. ރަކުލް އަދި ދިޕިކާގެ އިތުރުން އެންސީބީ އިން ވަނީ ސާރާ އަލީ ހާން އަދި ޝްރަދާ ކަޕޫރުވެސް އެންސީބީއަށް ހާޒިރުކޮށްގެން ތަހުގީގު ކުރިއަށް ގެންގޮސްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް