ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ދެ މިލިއަނަށް އަރާނެކަމަށް ބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީތަކާ ބެހޭ އެންމެ އިސްވެރިޔާ ޑރ މައިކް ރީއަން ވިދާޅުވީ ކޮވިޑަށް ވެކްސިނެއް ފެނުނު ކަމުގައި ވީނަމަވެސް ބަލީގައި މަރުވާ މީހުންގެ އަދަދު ދެމިލިއަނަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ ވެކްސިނެއް އުފެއްދުނު ނަމަވެސް ދުނިޔޭގެ އާބާދީއަށް ދެވޭ ވަރަށް ވެކްސިން ފޯރުކޮށްދޭން ނަގާނެ މުއްދަތާއި އެ ވެކްސިން ޖަހާން ނަގާނެ މުއްދަތުވެސް ކުރު ނުވާނެތީ އެވެ.
މިދިޔަ އަހަރު ފަހުކޮޅު ޗައިނާއިން ފެންނަން ފެށި ކޮވިޑް ޖެހިގެން ދުނިޔެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ މިލިއަނަކާ ކައިރި ވެފައެވެ.
މުޅި ދުނިޔޭގައި ކޮވިޑް ކޮންޓްރޯލެއް ނެތި ފެތުރެމުންދާއިރު މިހާތަނަށް ވަނީ 32 މިލިއަނަށް ވުރެން ގިނަ މީހުންނަށް މިބަލި ޖެހިފައެވެ.
ކޮވިޑްގެ ދެވަނަ ރާޅު ދުނިޔޭގެ ގިނަ ގައުމުތަކަށް އަރާފައިވާއިރު އެމެރިކާ އާއި އިންޑިއާގެ އިތުރުން ބްރެޒިލް އިން ވަނީ ކޮވިޑްގެ ކޭސްތައް ގިނަވެ ކޮންޓްރޯލް އިން ނައްޓައިފައެވެ. މިތިން ގައުމުން މިހާތަަނަށް 15 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން