އީ ކޮމާސް ޕްލެޓްފޯމް މޫލީ އިން މިއަދު "ބިގް ޑިވައިސް ސޭލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮމޯޝަންގެ ދަށުން މަގުބޫލު ބްރޭންޑުތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާއެކު މާކެޓުގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށެވެ.
"މި ދުވަސްކޮޅަކީ ކުރިއަށްވުރެ ބޮޑަށް ޑިޖިޓަލް މެދުވެރިކޮށް ކަންކަން ކުރަން ޖެހިފައިވާ ދަނޑިވަޅަކަށްވުމާއެކު، ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. މޫލީގެ ބިގް ޑިވައިސް ސޭލް އަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށްގެންދެވޭ ޕްރޮމޯޝަނެކެވެ..،" އުރީދޫގެ ބަޔާނުގައި ބުނެފައިވެއެވެ.
އުރޫދޫން ބުނީ މިމަހުގެ 30ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި އެޕަލް ވޮޗް، އެއާޕޮޑްސް، ސެމްސަންގް އަދި އޮޕޯގެ މަގުބޫލު ފޯނުތައް ގަނެވޭނެ ކަމަށާއި ޕްރޮމޯޝަންގެ ދަށުން ލިބެން ހުރި ޑިވައިސްތައް، މޫލީ ޕްލެޓްފޯމްގައި ބިގް ޑިވައިސް ސޭލް ސެކްޝަނުން %15 އާ ހަމައަށް އެ ޕްރޮޑަކްޓަކުން ލިބޭ ޑިސްކައުންޓާއެކު ފެންނާނެ ކަމަށެވެ.
ފުޅާވަމުން އަންނަ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސްއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީ އިން ފޯރުކޮށްދެއެވެ.
އެ ޕްލެޓްފޯމުގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް ފަސޭހަކަމާއެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. އެ ހިދުމަތްތަކާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ އިން ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.
އިތުރު ފަރާތްތަކުން މޫލީއާ ގުޅެމުން އަންނަ އިރު، އެ ޕްލެޓްފޯމް އޮތީ ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނަށް ކުރިއަށްވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އުރީދޫން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު