ރާއްޖޭގެ އިގްތިސޯދު އާރާސްތުކުރަން ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޗައިނާ އުފެދުނުތާ 71 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ބޭއްވި ވީޑިއޯ ރިސެޕްޝަންގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު އިޔާދަކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުން ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު މެދުކެނޑިފައި އޮތް ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން ވީހާވެސް އަވަހަށް އަލުން ފަށައިގަންނަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް 19 ބަލިމަޑުކަމުގައިވެސް ޗައިނާގެ ސަރުކާރުންނާއި އެގައުމުގެ ކުންފުނިތަކުން ރާއްޖެއަށް ބޮޑެތި އެހީތަކެއްް ވެދީފައިވާ ކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. ޗައިނާގެ ފާމަސޫޓިކަލް ކުންފުނިތަކުން އުފައްދަމުން އަންނަ ވެކްސިންތަކުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 48 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ތާރީހީ ގޮތުން ވަރުގަދަ ގުޅުމެއް ކަމަށެވެ.
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނީ މީގެ 1949 ވަނަ އަހަރުގައެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު