ބޮލީވުޑް

ސާރާ އަދި ޝްރަދާ މިހަފުތާ ތެރޭގައި އެންސީބީއަށް ހާޒިރުކުރަނީ

އީމާ މުހައްމަދު ވަހީދު

ސާރާ އަލީ ހާން އާއި ޝްރަދާ ކަޕޫރު މަސްތުވާތަކެތީގެ މައްސަލައެއްގައި މިހަފްތާ ގެ ތެރޭގައި ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން އެންސީބީ އިން ތަހުގީގުކުރަން ފެށި މަސްތުވާތަކެތީގެ މައްސަލައާ ގުޅުންހުރި ބޮލީވުޑްގެ "އޭ ލިސްޓެޑް" ގިނަ ފަންނާނުންގެ ނަންތައް ދަނީ ހާމަވަމުންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާރާ އަދި ޝްރަދާ ތަހުގީގަށް އެންސީބީއަށް ހާޒިރުކުރަން ނިންމާފައި މިވަނީ ސުޝާންތުގެ ކުރީގެ މުވައްޒަފަކު ސާރާ އަދި ޝްރަދާ ސުޝާންތު އާއިއެކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް އެންސީބީ އަށް ދިން ބަޔާނަކާ ގުޅިގެންނެވެ.

ސާރާ އަދި ޝްރަދާ މިހަފުތާގެ ބުރާސްފަތި ދުވަހު ނޫނީ ހުކުރު ދުވަހު ތަހުގީގަށް އެންސީބީ އަށް ހާޒިރުކުރާނެ ކަމަށާއި މިއަދުގެ ވަގުތެއްގައި އެދެ ފަންނާނުންނަށް އެންސީބީއަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވާނެ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.