ސީޕްރިއާ އެއާ އެންޑް ހޮލިޑޭސްއިން މިމަހުގެ 30 ވަނަ ދުވަހު އިންޑޮނޭޝިއާ އާއި ރާއްޖެއާ ދެމެދު ޗާޓަރު ފްލައިޓެއް ބާއްވަން ހަމަޖައްސައިފިއެވެ.
ސީޕްރިއާ ސީނިއާ ސުޕަވައިޒަރު މަރިޔަމް ޝުހާމާ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ރާއްޖެ އަންނާނީ އިންޑޮނޭޝިއާގެ ގަރޫޑާ އިންޑޮނޭޝިއާގެ ފްލައިޓެއް ކަމަށާއި އެ ފްލައިޓު ރާއްޖެ އަންނަނީ އިންޑޮނޭޝިއާގެ ދެ މަންޒިލަކުން މީހުން ނަގައިގެން ކަމަށެވެ. އަދި ރާއްޖެ އައުމަށްފަހު ރާއްޖެއިން މީހުން ނަގައިގެން، އިންޑޮނޭޝިއާގެ ދެ މަންޒިލަކަށް އެ ފްލައިޓު ދަތުރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
- މާލެއިން ޑެންޕާސާ ބާލީ: 905 އެމެރިކާ ޑޮލަރު
- މާލެއިން ޖަކާޓާއަށް: 780 އެމެރިކާ ޑޮލަރު
- ޑެމްޕާސާ ބާލީއިން މާލެއަށް: 955 އެމެރިކާ ޑޮލަރު
- ޖަކާޓާއިން މާލެއަށް: 880 އެމެރިކާ ޑޮލަރު
ޝުހާމާ ވިދާޅުވީ، ލަގެޖުގެ ގޮތުގައި ކޮންމެ ފަސިންޖަރަކަށްވެސް 30 ކިލޯ ގެންދެވޭނެ ކަމަށާއި އެ ފްލައިޓުން ދަތުރުކުރުމަށް ޓިކެޓް ނެގުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ. އަދި ސީޓުތައް ވިއްކާނީ ފަސްޓް ކަމް ފަސްޓް ސާވް ބޭސިސް އިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝުހާމާ ވިދާޅުވީ 30 ވަނަ ދުވަހު ފްލައިޓު ބޭއްވޭނީ، އެދުވަހުގެ ނިޔަލަށް އެކަށީގެންވާ ޕެސެންޖަރުން ލިބިއްޖެ ނަމަ ކަމަށާއި ޕަސިންޖަރުން މަދު ނަމަ ފްލައިޓު ބާއްވާ ތާރީހު ބަދަލުކުރަން ޖެހޭނެ ކަމަށެވެ.
ޓިކެޓު ބުކް ކުރުމަށް 9657990 ނަންބަރަށް ޕާސްޕޯޓުގެ ފޮޓޯއެއް ވައިބާ ކުރުން ނުވަތަ، [email protected] އަށް މެއިލް ކުރުމަށް ސީޕްރިއާ އެދެއެެވެ. އަދި އެ ފްލައިޓާ ބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ 3310111 ނުވަތަ 3345033 ނަންބަރު ފޯނަށް ގުޅުމަށް ވެސް ސީޕްރިއާއިން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު