ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް އާއި ދެކޮޅަށް ބަތަލާ ޕާޔަލް ގޯޝް ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ޕާޔަލް އަނޫރާގް އާއި ދެކޮޅަށް ކޮށްފައިވަނީ ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. ޕާޔަލް ވަނީ އޭނާ ލޯޔަރު ނިތިން ސެޓްޕޫޓު އާއި އެކު ފުލުހަށް ހާޒިރުވެ އަނޫރާގް އާއި ދެކޮޅަށް އެ މައްސަލަ ފައިލްކޮށްފަ އެވެ.
ޕާޔަލް އަށް ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު ކަމުގެ ކުށް އަނޫރާގްގެ މައްޗަށް ސާބިތުވެއްޖެނަމަ 3 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕާޔަލް ބުނީ ކުރިންވެސް އެވާހަކަ ދައްކަން ބޭނުންވި ކަމަށާއި ނަމަވެސް ނުކެރުނީ ކަމަށެވެ.
ޕާޔަލް ބުނީ އޭނާއާއި އަނޫރާގާ ދެމީހުންގެ ދެމެދުގައި ދެއްކި ވާހަކަތަކުގެ ޗެޓްލޮގް ނެތް ކަމަށެވެ. އެއީ އެކަމަށް މިހާރު ދުވަސްތަކެއް ވެފައި ވުމުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން އޭނާއަށް ޖިންސީ ގޯނާ ކުރި ދުވަހު އެގޭގައި ހިނގި އެއްވެސް ކަމެއްގެ ރެކޯޑިން ވެސް އޭނާގެ އަތުގައި މިހާރު ނެތްކަމަށް ޕާޔަލް ވަނީ ބުނެފައެވެ.
މި މައްސަލައިގައި އަނޫރާގް ކުރީން ވަނީ ޕާޔަލްގެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް