ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައާ ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) އިން ބަލަމުންގެންދާ މަސްތުވާތަކެތީގެ މައްސަލައިގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑްކޯން އެންސީބީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އެންސީބީއަށް ދިޕިކާ ހާޒިރުކުރަން ނިންމާފައިވަނީ މި ހަފުތާ ތެރޭގައެވެ.
"ޓައިމްސް ނައު"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ މުއާމަލާތްތައް ކުރިއަށްގެންދިޔަ މެސެޖުތަކުގައި "ޑީ" ގެ ގޮތުގައި ބޭނުންކޮށްފައިވާ ނަން ނިސްބަތްވަނީ ދިޕިކާ ޕަޑްކޯނަށް ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. މީގެ އިތުރުން "ކޭ" ނަން މަތީގައި އިންނަ މީހަކީ ކަރިޝްމާ ނަމަކަށް ކިޔާ ޓެލެންޓް އެޖެންސީއެއްގައި މަސައްކަތްކުރާ އަންހެނެއް ކަމަށްވެސް އެންސީބީން ވަނީ ތުހުމަތުކޮށްފައެވެ.
އެންސީބީން ވަނީ މިހާރު ދިޕިކާ އަދި ކަރިޝްމާ، ވަޓްސްއެޕް މެދުވެރިކޮށް ދައްކާފައި ހުރި ވާހަކަތައް ބަލައިފައެވެ.
މީގެ އިތުރުން ޓައިމްސް ނައުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މަޝްހޫރު ބަތަލާ ސާރާ އަލީ ހާން އަދި ޝްރަދާ ކަޕޫރު ވެސް އެންސީބީއަށް ހާޒިރުކުރަން ވަނީ ނިންމައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން