ފްރާންސްގެ ފިނޭންސް މިނިސްޓަރު ބްރޫނީ ލެ މާއިރީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިނިސްޓާ ބްރޫނީ ލެ މާއިރީ ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ. ނަމަވެސް އެއްވެސް އަލާމާތެއް ފެންނަން ނެތްކަމަށްވެސް މިނިސްޓަ ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވް ވުމާ އެކު ގޭގައި އައިސޮލޭޓް ވެވަޑައިގެންފައިވާ ކަމަށް ވެސް މިނިސްޓަރ ލެ މައިރީ ވިދާޅުވެފައި ވެއެވެ.

ފްރާންސަކީ ވެސް ކޮވިޑް ކޮންޓްރޯލު ކުރެވިފައި ނުވާ ގައުމެކެވެ. އެގައުމުގެ ހަތަރު ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑްކޮށްފައިވާއިރު 31،274 އަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.