ދުނިޔެ

ޗައިނާ އިން އުފެއްދި ކޮވިޑް ވެކްސިން ނޮވެމްބަރުން ފެށިގެން އާންމުކޮށް ލިބެން ހުންނާނެ!

މުހައްމަދު އައުޒަމް

ޗައިނާ އިން އުފެއްދި ކޮވިޑް ވެކްސިން އަންނަ ނޮވެމްބަރު މަހުން ފެށިގެން އާންމުކޮށް ލިބެން ހުންނާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ޗައިނާގެ ގައުމީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން ސެންޓަރުގެ ޗީފް ވޫ ގުއިޒެން ވިދާޅުވީ ޗައިނާއިން ތައްޔާރުކުރާ ގިނަ ވެކްސިންތަކެއް އޭގެ އެންމެ ފަހުގެ މަރުހަލާތައް ފުރިހަމަކުރަމުން އަންނަ ކަމަށާއި ވެކްސިނުން އެއްވެސް ގޯސް ނަތީޖާއެއް ނުފެންނަ ނަމަ ނޮވެމްބަރުގައި އާންމުންނަށް ލިބެން ހުންނާނެ ކަމަށެވެ.

ޗައިނާގެ ވެކްސިން އުފެއްދުމުގައި އެންމެ ފަހުގެ މަރުހަލާތައް ކުރިއަށްގެންދަނީ ސައިނޯވެކް ބަޔޯޓެކްގެ އިތުރުން ސައިނޯފާމް އިންނެވެ.

ޗައިނާގައި ނުވަ ވެކްސިނެއް އިންސާނުންގެ ގަޔަށް ޖަހައި ޓެސްޓުތައް ހަދަމުންދެއެވެ. މީގެ ތެރެއިން ބައެއް ވެކްސިން އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފްރަންޓްލައިން މީހުންގެ ގަޔަށް ވަނީ ޖަހައިފައެވެ.