ބޮލީވުޑްގައި މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބި މީހުންގެ ނަންތައް ހާމަކުރުމަށް ކަންގަނާ ރަނޯއަތު ގެ ކިބައިން ބަތަލާ އުރްމިލާ މަޓޮންދްކަރު އެދިއްޖެއެވެ. ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އަދި އަމީތާބް ބަޗަންގެ އަންހެނުން، ޖަޔާ ބަޗަން ދިން ބަޔާނަކަށް ކަންގަނާ ފާޑުކިޔާފައި ވާތީ އުރްމިލާ ވަނީ އެ މައްސަލައިގައި ކަންގަނާއަށް ފާޑުވެސް ކިޔައިފަ އެވެ.
ކަންގަނާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ 90 އިންސައްތަ ބޮލީވުޑް ތަރިން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނެފައެވެ. އިންޑިއާ ޓުޑޭއާ ވާހަކަދައްކަމުން އުރްމިލާ ބުނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ކަންގަނާ އެބުނާ މީހުންގެ ނަންތައް ހާމަކުރުމަށް އެދިފައެވެ. މީގެ އިތުރުން އުރްމިލާ ވަނީ ކަންގަނާ މީގެ ކުރިން އެހުރިހާ ވާހަކަތަކެއް ނުދެއްކި ސަބަބު އެެއްވެސް ވަރަކަށް ނުވިސްނޭ ކަމަށް ވެސް ބުނެފައެވެ.
އުރްމިލާގެ މި ވާހަކަތަށް ރައްދުދެމުން ކަންގަނާ ބުނީ އުރުމިލާއަކީ އެކްޓުކޮށްގެން އެއްވެސް މަގުބޫލުކަމެއް ނުވަތަ މަޝްހޫރުކަމެއް ހޯދުނު މީހެއް ނޫން ކަމަށެވެ. މީހުންގެ މަގުބޫލުކަން ހޯދުމަށް މިހާރު އުރްމިލާ ކުރާ ކަމަކީ "ސޮފްޓު ޕޯން" ކުޅުން ކަމަށްވެސް ކަންގަނާ ބުންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން