"ދި ނެލްސަލް މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފިއެވެ.
ނެލްސަލް މަންޑޭލާ ރޫލްސްއަކީ ގައިދީންނާ މެދު އަމަލުކުރަން ޖެހޭނެ އެންމެ ދަށް މިންގަނޑު ބަޔާން ކުރާ ފޮތެކެވެ. ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކާއި ތަރައްގީވެފައިވާ ގިނަ ގައުމުތަކުން އަންނަނީ ނެލްސަން މަންޑޭލާ ރޫލްސްއަށް އަމަލު ކުރަމުންނެވެ.
ނެލްސަލް މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަޖުރަމާކޮށްފައިވަނީ ޔުނައިޓެޑް ނޭޝަނަލް އޮފިސް އޮން ޑްރަގް އެންޑް ކަރައިމް (ޔޫއެންއޯޑީސީ)ގެ ރާއްޖޭގެ ގޮފިންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ފަރާތުން މި ފޮތާ ހަވާލުވެވަޑައިގެންނެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ރާއްޖޭގެ ޖަލުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ތަންތަނަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"ޖަލުތައް އިސްލާހުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ޖަލުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ހިންގާ ތަންތަނުގެ ގޮތުގައި ހެދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި. މިހާރު މިކުރެވޭ މަސައްކަތުގެ މައިގަނޑު އަސާސެއްގެ ގޮތުގައި އަޅުގަނޑުމެން މިބަލަނީ ނެލްސަން މަންޑޭލާ ރޫލްސް،" އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތު ޝަރަފުކޮށްދެއްވައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ޖަލުތައް ރިފޯމް ކުރުން ކަމަށާއި ނެލްސަލް މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާއެއް އެކުލަވާލެވި، އެ ތަރުޖަމާ ކަރަކްޝަންސްއާ ހަވާލު ކުރެވުމަކީ ޖަލުތައް އިސްހާލު ކުރުވުމަށް ކުރެވޭ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެ ފޮތުގެ ސަބަބުން، ގައިދީންނާ މެދު މުއާމަލާތް ކުރާނެ އެންމެ ރަނގަޅު ގޮތް ޖަލު އޮފިސަރުންނަށް ދަސްވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި ސަރުކާރުގެ ޖަލުތަކާ ބެހޭ ސިޔާސަތަކީ ގައިދީންނާއި ބަންދު މީހުންގެ އިންސާނީ ހައްގާއި ކަރާމާތް ރައްކާތެރިކުރެވި ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ ފަދަ ހަރުދަނާ އިންސާނީ ކަރާމަތަށް ރައްކާތެރިވެވޭނެ ގޮތެއްގައި ގައިދީންނާ މެދު އަމަލުކުރުން. އަދި ގައިދީން ރިލެބިލިޓޭޓްކޮށް، މުޖުތަމައު ބަލައިގަންނަ ފަދަ ބައެއްގެ ގޮތުގައި، ނެރެދިނުން. މި ފޮތުގެ (ނެލްސަން މަންޑޭލާ ރޫލްސް)ގެ ސަބަބުން އޮފިސަރުންނަށް ގައިދީންނާ މެދު މުއާމަލާތް ކުރާނެ ހެޔޮ ގޮތް ދަސްވެގެންދާނެ،" އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
ނެލްސަލް މަންޑޭލާ ރޫލްސްއަށް އަހުލުވެރިކުރުމަށް އަންނަ ހަފުތާގައި ވަނީ ޖަލު އޮފިސަރުންނަށް އަމާޒުކޮށްގެން ފަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފައެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ، ނެލްސަލް މަންޑޭލާ ރޫލްސްއަށް އަމަލު ކުރަން ފެށުމުން ޖަލުތަކުގެ ކަންކަން ވަރަށް ބޮޑަށް އިސްލާހުވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު