ސިންގަޕޫރު

ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ސިންގަޕޫރުން ބޮޑު އިންވެސްޓެމެންޓެއް، ކޮންމެ ރައްޔިތަކަށް ވައުޗަރެއް

މުހައްމަދު އައުޒަމް

ސިންގަޕޫރުގެ 18 އަހަރުން މަތީ ކޮންމެ މީހަކަށް ސިންގަޕޫރު 100 ޑޮލަރުގެ ލޯކަލް ޓުއަރިޒަމް ވައުޗަރެއް ދިނުމަށް އެގައުމުން ނިންމައިފިއެވެ.

ސިންގަޕޯރްޑިސްކަވާގެ މި ވައުޗަރު ބޭނުންކޮށްގެން ސިންގަަޕޫރުގެ ފަތުރުވެރިކަމުގެ ގިނަ ހިދުމަތްތަކެއް ލިބޭނެއެވެ.

ސިންގަޕޫރު 100 ޑޮލަރުގެ ވައުޗަރު ލިބޭއިރު 18 އަހަރުން ދަށުގެ މީހުންނަށް ސިންގަޕޫރު 10 ޑޮލަރުގެ ވައުޗަރެއް ދިނުމަށްވެސް ވަނީ ނިންމައިފައެވެ.

އަންނަ ޑިސެމްބަރުން ފެށިގެން ޖޫންގެ ނިޔަލަށް ބޭނުންކުރެވޭ މިވައުޗަރުގެ ސަބަބުން އެގައުމުގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ކޮވިޑްގެ ސަބަބުން ލިބިފައިވާ ބޮޑު ގެއްލުމުން އަރައިގަތުމަށް އެހީތެރިވެދޭނެކަމަށް އެގައުމުގެ ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ސިންގަޕޫރުގެ ލޯކަލް ޓުއަރިޒަމް ކުރިއެރުވުމުގެ މަގުސަދުގައި ފަށާ މިޕްރޮގްރާމަށް 320 މިލިއަން ސިންގަޕޫރު ޑޮލަރު ހަރަދުކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.