ސައިންސް

ވީނަސްގައި އޭލިއަނުން އުޅޭ ކަމުގެ ހެކިތަކެއް

އީމާ މުހައްމަދު ވަހީދު

ވީނަސްގައި އޭލިއަނުން އުޅޭކަމުގެ ހެކިތަކެއް ސައިންސްވެރިންނަށް ހޯދިއްޖެއެވެ.

ކާޑިފް ޔުނިވަސިޓީގެ ޕްރޮފެސަރު ޖޭން ގްރީވެސްގެ ދަށުން ބައިނަލްއަގުވާމީ އެސްޓްރޮނޯމާސް ޓީމަކުން ވީނަސްގެ ވިލާތަކުން "ފޮސްފައިން" ގޭހުގެ އަސަރުތައް ފެނިފައިވާ ކަމަށް ބުނެފައެވެ. ފޮސްފައިން އަކީ ދިރުން ނެތް ތަނަކުން ނޫނީ ނުފެންނާނެ ވަރަށް ނާދިރު ގޭހެކެވެ.

ފޮސްފައިން މޮލިކިއުލްގައި އެކުލެވެނީ ހައިޑްރޮޖެން އަދި ފޮސްފަރަސް އެޓަމްސްއެވެ. ފޮސްފައިން ފުރަތަމަ ފެނިފައިވަނީ ޖެމްސް ކްލާކް މެކްސްވެލް ޓެލެސްކޯޕު އަކަށް ހަވާއީގައި ހުންނަ މައުނާ ކިއާ ކައިރިންނެވެ.

ވީނަސްގައި "ފޮސްފިން" ގޭސް ހުރިކަން ކަށަވަރުކަމަށް ދިރާސާ ކުރި ސައިންސްވެރިން ބުނެއެވެ. ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނާ ގޮތުގައި މި ދިރާސާގެ ސަބަބުން މިހާރު ވީނަސް އާ ގުޅޭ ގޮތުން ކުރަމުން އަންނަ ދިރާސާތައް އިތުރު ހަރުފަތަކަށް ދާނެއެވެ.

އެގޮތުން އެ ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްވެރިން ބުނީ ވީނަސްގައި ދިރުމެއް ވާކަން ސައްތައިން ސައްތަ ސާބިތު ނުވާ ކަމަށެވެ. އެހެންނަމަވެސް ވީނަސްގައި ދިރުމެއް ވާކަމަށް ބުނުމުގެ ފުރުސަތު ލިބޭ ހެކިތަކެއް ހޯދިއްޖެ ކަމަށެވެ.