ދިމަގްރަތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުަމަށްޓަކައި އެ ނިޒާމުގެ އަސާސްތަކަށް އިހުތިރާމުކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިއްމުކަމަށް އިލެކްޝަންސް ކޮމިޝަން (އިސީ) އިން ބުނެފި އެވެ.
ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މިިނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިމަގްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށް، ރައްޔިތުންގެ މެދުގައި ކަމާގުޅޭ، އެކަށީގެންވާ މައުލޫމާތާއި ހުނަރުތަކާއި ސިފަތަކާއި ގަބޫލުކުރުންތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.
އޭގެ އިތުރުން އެކަމަށް ހޭލުންތެރި އަދި ޒިންމާދާރު ރައްޔިތަކު ބިނާ ކުރުމަށާއި ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީ އާއި ތަރައްގީ އާއި ހަމަޖެހުން ވާރުތަކޮށްދިނުމަށް، މި މަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާވާންޖެހޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނީ، ޑިމޮކްރަސީގެ ފޮނިމީރުކަން ބޭނުންކުރާއިރު، ހައްގުތަކާއި އެކުއެކީގައި ޒިންމާތަކެއްވާކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.
"ތިމާއަށް ލިބޭ ހައްގެއް، ބޭނުން ކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހޭ، މުޖުތަމައަކީ އެއްބައެއްގެ ގޮތުގައި ތަރުބިއްޔަތުވެ، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރުމުގެ ރަނގަޅު ސިފަ މުޖުތަމައުގައި އަށަގެންނެވުމަކީ، އެންމެންގެ ޒިންމާއެއް،" އިލެކްޝަން ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު