އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ދެކުނުގެ ދެ ސިޓީ ހިމެނޭ ސަރަހައްދުގެ ރަށެއްގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެއެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ސިއްހީ ފަރުވާދޭ މަރުކަޒަކުން ކަމަށެވެ.
އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު