ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނީ މިދިޔަ 24 ގަޑި އިރު ތެރޭގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ދުނިޔެއިން 307،930 ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ފެނިފައިވަނީ އިންޑިއާ އަދި އެމެރިކާގެ އިތުރުން އެމެރިކާއިންނެވެ.
އިންޑިއާއިން އެކަނިވެސް އިއްޔެ 94،372 އާ ކޭސް ފެނިފައިވާއިރު އެމެރިކާއިން ވަނީ 45،523 ކޭސް ފެނިފައެވެ. އަދި ބްރެޒިލް އިން 43،718 ކޭސް ފެނިފައިވާ ކަމަށް ރެކޯޑް ތަކުން ދައްކައެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ދުނިޔެއިން 917،417 މީހުން މަރުވެފައިވާއިރު މުޅި ދުނިޔެއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 5،500 މީހުން މިބަލީގައި މަރުވެފައި ވެއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ގައުމުތަކަކުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެެވެ. ގިނަ ގަމުތަކުން ރައްކާތެރި ފިޔަވަޅުތަކާއެކު ބޯޑަރުތައް ހުޅުވަމުން އައި ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފައެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން