މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މިހާރުގެ ދައުރު 11 ޑިސެމްބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެމްއެމްސީގައި ހިމެނެނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު އަށް މެންބަރުންނެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނީ އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތައް ކަމަށެވެ.
މީޑިއާ ކައުންސިލްގެ މަގާމުތަކަށް ވާދަކުރަން އެދޭ ފަރާތްތަކުން މި މަހުގެ 21 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީގެ ވެބްސައިޓް ގައިވާ، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، އެ މިނިސްޓްރީގެ އީމެއިލްއަށް ހުށަހެޅުމަށް އެދޭ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީން އާއްމުކުރި "މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ވާގޮތުން މީޑިއާ ކައުންސިލްގެ މެންބަރަކަށް އިންތިހާބުވާ މީހަކަށް އެ މަގާމުގައި ދެމިހުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްވެސް މެންބަރަކަށް ވިދިވިދިގެން ދެދައުރު އަދައެއް ނުކުރެވޭނެ އެވެ.
މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލުކުރުމަށް ކެންޑިޑޭޓުން ހުށަހަޅާނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރި ފަރާތުން ކަމަށާއި ކޮންމެ މަސްއޫލު ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ކެންޑިޑޭޓް ކަމަށް އުސޫލުގައިވެ އެވެ.
- ދިވެއްސަކު ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުުވުން
- މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ވޭތުވެދިޔަ ދެ އަހަރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މުޖުތަމައު ބަލައިގަންނަ މިންގަނޑުތަކުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއްކަމުގައިވުން
- ފާއިތުވި 12 މަސް ދުވަހު އެމީހަކު ނޫސް މަޖައްލާއެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
"މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އިއްޔެ ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު ގަވާއިދުގައިވާގޮތުން އެ އުސޫލު ޝާއިއުކުރާ ދުވަހުން ފެށިގެން އުސޫލަށް އަމަލުކުރަން ޖެހޭނެއެވެ
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް