އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށްވެސް އަހަރީ ފީ ސްޓިކާ ދޫކުރަން ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.
މީރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް ފީ ދެއްކުމުންދޭ ސްޓިކާ ދޫކުރުން ކޮވިޑް 19އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު، އޮންލައިންކޮށް އަހަރީ ފީ ދައްކާ ފަރާތްތަކަށްވެސް މިމަހުގެ 13 އިން ފެށިގެން އަހަރީ ފީ ސްޓިކާ ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން މީރާއިން ބުނީ، ސްޓިކާ ދޫކުރަން ހަމަޖައްސާފައިވީ ނަމަވެސް "ސްޓިކާގެ ބަދަލުގައި ރަޝީދު ފުދޭނެކަމަށް" ބަޔާންކޮށްފައިވާ އޮންލައިން ރަސީދު އަދިވެސް ސްޓިކާގެ ބަދަލުގައި ފުދޭނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން މީރާއިން މިހާރު ގިނަ ހިދުމަތްތައް ދެމުން އަންނަނީ އޮންލައިންކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު