ވިޔަފާރި

ލެޕާފިއުމްއިން ރާއްޖެއަށް އެއިޓް އެންޑް ބޮބް ބްރޭންޑްގެ ސެންޓާއި ހޯމް ފްރެގްރެންސް ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

ލެޕާފިއުމްއިން ރާއްޖެއަށް އެއިޓް އެންޑް ބޮބް ބްރޭންޑްގެ ސެންޓު ފުޅިއާއި ހޯމް ފްރެގްރެންސް ތައާރަފު ކޮށްފި އެވެ.

ފްރާންސްގެ އުފެއްދުމެއް ކަމަށްވާ، އެއިޓް އެންޑް ބޮބް ބްރޭންޑް ރާއްޖެއަށް ތައާރަފު ކުރި ލެޕާފިއުމް އަކީ ރާއްޖޭގައި ސެންޓުގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ފަރާތެކެވެ.

ލެޕާފިއުމް އިން ވަނީ އެއިޓް އެންޑް ބޮބްގެ ކަލެކްޝަންގެ އިތުރުން އަނިކޭ ކަލެކްޝަން ވެސް މީގެ ކުރީން ރާއްޖެއަށް ތައާރަފުކޮށްފައެވެ. ލެޕާފިއުމް އިން ރާއްޖޭގައި އެއިޓް އެންޑް ބޮބްގެ ޓްރެވަލް ކަލެކްޝަން އާއި ހެރިޓޭޖް ކަލެޝަން ވެސް ވިއްކަމުން އަންނަ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

ލެޕާފިއުމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޔޫމާން ވިދާޅުވި ގޮތުގައި މި ބްރޭންޑަކީ ލަގްޒަރީ ސެންޓަށް ލޯބިކުރާ އަދި ހޯމް ފްރެގްރެންސަށް ލޯބި ކުރާ މީހުންނަށް އަމާޒުކޮށްގެން ރާއްޖެއަށް ތައާރަފުކުރި ބްރޭންޑެކެވެ. މި ބްރޭންޑްގެ ކޮންމެ ސެންޓެއް އަދި ހޯމް ފްރެގްރެންސްގައި ބޭނުން ކުރާ ކޮންމެ އެއްޗަކުން ވެސް އަތްތެރި މަސައްކަތުގެ ރީތިކަމާއި ހިތްގައިމުކަން ފާހަގަވާނެ ކަމަށް ޔޫމާން ވިދާޅުވި އެވެ.

އެއިޓް އެންޑް ބޮބްގެ ނަން އެ ބްރޭންޑަށް ކިޔުނީ ފްރާންސަށް ނިސްބަތްވާ އެލްބާޓް ފޮކެޓާއި އެމެރިކާގެ 35 ވަނަ ރައީސް ޖޯން އެފް ކެނެޑީ އާއި ދިމާވެ، އުފެދުނު އެކުވެރި ކަމުގެ ތެރެއިން ޖޯން އެފް ކެނެޑީ އަށް ފޮކެޓް ހަދިޔާކުރި ކުޑަ ސެންޓު ފުޅިއަކާ ގުޅިގެންނެވެ. އޭގެ ފަހުން އެމެރިކާއިން ފޮކެޓަށް ލިބުނު ޝުކުރުގެ ސިޓީގައި ވަނީ އެ ސެންޓުގެ އަށް ސާމްޕަލް އާއި އެތަކެތި ބޮބްއަށް ފޮނުވައިދިނުމަށް އެދިފަ އެވެ. މިއީ މަޝްހޫރު ލަގްޒަރީ ބްރޭންޑް "އެއިޓް އެންޑް ބޮބް"ގެ ހަގީގީ ވާހަކަ ވުޖޫދި ވި ހިސާބެވެ.

އެއިޓް އެންޑް ބޮބްއިން ވަނީ ޖޯން އެފް ކެނެޑީގެ ހަނދާނުގައި ވެސް ހާއްސަ ކަލެކްޝަން އެއް ނެރެފަ އެވެ. މި ކަލެކްޝަން ރާއްޖެއިން ލިބެން ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ކަލެކްޝަން ރާއްޖެއަށް ގެންނާނެ ކަމަށް ލެޕާފިއުމްއިން ބުނެ އެވެ.

ލެޕާފިއުމް އިން ބުނާ ގޮތުގައި މާމެލާމެލީގެ ހިތްގައިމު ވަސްތަކުން ފައްކާކޮށްފައިވާ އެލްބާޓް ފޮކެޓްގެ އެއިޓް އެންޑް ބޮބް ސެންޓްގެ ހާއްސަކަން ހަމައެކަނި ސެންޓް ފުޅިލާފައިވާ ފޮށްޓާއި ހިސާބުން ވެސް ފާހަގަވެގެންދާނެ އެވެ. މީގެ އިތުރުން މި ސެންޓްގެ އިތުރުން މި ބްރޭންޑްގެ ހޯމް ފްރެގްރަންސް އަށް ބަލައިލުމުންވެސް ކޮށްފައިވާ އަތްތެރި މަސައްކަތުން އެއިޓް އެންޑް ބޮބްއަކީ އާދައިގެ ބްރޭންޑެއް ނޫންކަން ފާހަގަ ވާނެ ކަމަށް ލެޕާފިއުމް އިން ބުނެއެވެ.

އެއިޓް އެންޑް ބޮބްގެ ހޯމް ފްރެންގްރެންސްގެ ފަސް ވައްތަރެއްގެ އުއްބަތި އާއި ޑިފިއުޒާ މިހާރު ލެޕާފިއުމް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެއެވެ. މި ބްރޭންޑްގެ އިތުރުން ފްރާންސްގެ ބްރޭންޑެއް ކަމަށްވާ "ބްލެކް އަޕް" މޭކަޕާއި ހެއާކެއާގެ ފުލް ރޭންޖްވެސް ލެޕާފިއުމް އިން ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.