އަށް ކޯޓަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.
ޖޭއެސްސީން އިއުލާނު ނެރެފައިވަނީ ފަސް ކޯޓަކަށް މެޖިސްޓްރޭޓުން އަދި ތިން ކޯޓަކަށް އިސް މެޖިސްޓްރޭޓުން ހޯދުމަށެވެ.
މެޖިސްޓްރޭޓުން ހޯދުމަށް އިއުލާންކޮށްފައިވަނީ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު، ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓު އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަދި އިސް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާނުކޮށްފައިވަނީ ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓަށެވެ.
އިސް މެޖިސްޓްރޭޓުންނަށް އަސާސީ މުސާރައިގެ ގޮތުގައި 21،000 ރުފިޔާގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 600 ރުފިޔާ ލިބެއެވެ. އަދި މެޖިސްޓްރޭޓުންނަށް އަސާސީ މުސާރައިގެ ގޮތުގައި 18،850 ރުފިޔާގެ އިތުރުން ލިވިން އެލަވަންސް ގޮތުގައި 4،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 600 ރުފިޔާ ލިބެއެވެ.
މެޖިސްޓްރޭޓުންނަށް ކުރިމަތިލާ ފަރާތްތައް އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަންވާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ އެ މަގާމުތަކަށް ހުށަހަޅަން ބޭނުންވާ ފަރާތްތައް މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެހަށް [email protected] ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު