ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލައިލާ އަރޯރާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މަލައިކާ ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން ގޭގައި އައިސޮލޭޓް ވެފައިވާ ކަމަށެވެ. ބައްޔަށް ޕޮޒިޓިވް ވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް މަލައިކާ ވަނީ ބުނެފައެވެ. މަލައިކާ ބުނީ މިވަގުތު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މަލައިކާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރާ ރިއަލިޓީ ޑާންސް ޝޯ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ސޫޓިންތައްވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. މަލައިކާ ވަނީ އޭނާ ބަލިން ރަނގަޅުވުމުން އިތުރު ހިތްވަރަކާ އެކު ސަޕޯޓަރުންނާ ބައްދަލުކުރާނެ ކަމަށް ބުނެފައެވެ.
މަލައިކާ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާގެ ލޯބިވެރިޔާ އަރުޖުން ކަޕޫރު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އިއުލާން ވަނީ އިއުލާން ކޮށްފައެވެ. އަރުޖުން ވެސް ވަނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީ ގޭގައި އައިސޮލޭޓް ވެގެން ހުރި ކަމަށް ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް