ކަސްޓަމަރުންގެ އެކައުންޓުން ދެ ފަހަރަށް ފައިސާ ކަނޑާފައި ނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލްއިން މިހެން ބުނެފައި މިވަނީ ކަސްޓަމަރުންގެ އެކައުންޓުން، ކަސްޓަމަރުންނަށް ނޭނގި ފައިސާ ކެނޑޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކުރަމުން ދިއުމާ ގުޅިގެން މިއަދު ކުރި ޓުވީޓެއްގައެވެ.
އެގޮތުން ބީއެމްއެލްއިން ބުނީ، އެކައުންޓުތަކުން ކެނޑިފައިވާ ފައިސާއަކީ ޖެނުއިން ޓްރާންސެކްޝަންތަކެއް ކަމަށާއި އެއީ ކުރިން ޕްރޮސެސްނުކޮށް ހޯލްޑުކޮށްފައި ހުރި ޓްރާންސެކްޝަންތަކެއް ކަމަށެވެ. ޓްރާންސެކްޝަންއާ ބެހޭ އިތުރު ތަފްސީލު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބެލޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
"ޓްރާންސެކްޝަން ހަދާފައިވާ ދުވަހުގެ ތަފްސީލު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލައިލެވޭނެ،" ބީއެމްއެލްއިން ބުންޏެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ، ގޮތްނޭނގޭ އީމެއިލްތަކުގައި ހުންނަ ލިންކުތަކަށް ފިތުމުން ކަސްޓަމަރުންގެ ބޭންކު އެކައުންޓުތަކުގެ މައުލޫމާތު ނޭނގި ނަމަވެސް އެހެން ފަރާތްތަކާ ހިއްސާ ކުރެވިފައި އެބަހުރި ކަމަށެވެ.
ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށްވެސް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު