ވަޒީފާގައި އަހަރު ދުވަސް ނުވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، ދޭން ޖެހޭނީ އެއް މަސްދުވަހުގެ ނޯޓިސް ނުވަތަ އެއްމަސް ދުވަހުގެ މުސާރަ ކަމަށް ކަނޑައަޅައި، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން މުވައްޒިފަކު ވަޒީފާއިން ވަކި ކުރެވޭނީ ތިންމަސް ދުވަހުގެ ނޯޓިސް ނުވަތަ އެ މުއްދަތުގެ މުސާރަ މުވައްޒިފަށް ދިނުމަށްފަހުގައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވަނީ، މުވައްޒިފަކު ވަޒީފާއަދާކުރާތާ އެއް އަހަރު ދުވަސް ފުރިފައިނުވާ ނަމަ، ދެވޭނީ އެއްމަސްދުވަހުގެ ނޯޓިސް ނުވަތަ އެ މުއްދަތަށްވާ މުސާރަ ކަމަށެވެ.
އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަށް ވަޒީފާއަދާކޮށްފައިވާ މުވައްޒިފަކު ވަކި ކުރާނަމަ ދެމަސް ދުވަހުގެ ނޯޓިސްއެއް ނުވަތަ އެ މުއްދަތަށްވާ މުސާރަ ދޭންވާނެ ކަމަށްވެސް އިސްލާހުގައި ވެއެވެ. ހަތަރު އަހަރަށްވުރެ އިތުރަށް ވަޒީފާ އަދާކޮށްފައިވާ މިވައްޒިފެއްނަމަ މަދުވެގެން ތިންމަސް ދުވަހުގެ ނޯޓިސް އެއް ނުވަތަ، އެ މުއްދަތުގެ މުސާރައަށްވާ ފައިސާ ދޭންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ބިލުގައި ބުނެފައި ވަނީ، ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި ތިންމަސް ދުވަހަށްވުރެން ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސް ވުމުގައި ކަނޑައެޅިދާނެ ކަމަށެވެ.
މުވައްޒިފަކު ވަޒީފާއިން ވަކި ކުރުމާ ގުޅިގެން، އެ މުވައްޒިފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަތާރުގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެއެވެ.
އެ މުވައްޒިފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތައް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު