ދުނިޔެ

ޗައިނާއިން އެގައުމުގެ އޭވިއޭޝަން ދާއިރާގެ މީހުންނަށް ކޮވިޑް ވެކްސިން ދޭން ނިންމައިފި

މުހައްމަދު އައުޒަމް

ޗައިނާއިން އެގައުމުގެ އޭވިއޭޝަން ދާއިރާގެ މީހުންނަށް ކޮވިޑް ވެކްސިން ދޭން ނިންމައިފިއެވެ.

ޗައިނާއިން އެގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު އެގައުމުގެ ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށް އިސްކަންދީ ވެކްސިން ދިނުމަށް ހާއްސަ މަސައްކަތްތަކެއް ފެށުމަށް ވަނީ ނިންމައިފައެވެ.

ޗައިނާގައި އުފައްދާ ކޮވިޑްގެ ހަތަރު ވެކްސިން އެއް މިހާރު އަންނަނީ އެންމެ ފަހު މަރުހަލާގައި ޓެސްޓު ކުރަމުންނެވެ. އެގައުމުން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ހަރަކާތެއް މިދިޔަ މަހު ފަށައިފައެވެ.

ޗައިނާގެ އޭވިއޭޝަން ރެގިއުލޭޓާ އިން ނެރެފައިވާ ބަޔާނެއްގަަައި ވަނީ އެގައުމުގެ އެއާލައިންތަކާއި އެއާޕޯޓު ތަކުގެ އިތުރުން އޭވިއޭޝަން ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ވެކްސިން ދޭން ބޭނުންވާ މީހުންގެ ލިސްޓެއް ހުށަހެޅުމަށް އެދިފައެވެ.

ކޮވިޑަށް ވެކްސިން އެއް އުފެއްދުމަށް ޗައިނާގައި ފަށާފައިވާ މަސައްކަތުގެ ތެރެއިން އެގައުމުގެ ސައިނޯވެކް ބަޔޯ ޓެކްގެ އިތުރުން ނައިނާގެ ނެޝަނަލް ބަޔޯ ޓެކް ގްރޫޕުން އުފައްދާފައިވާ ދެ ވެކްސިންއެއް އިމަޖެންސީކޮށް ބޭނުންކުރުމަށް އެގައުމުން ދާދި ފަހުން ވަނީ ހުއްދަ ދީފައެވެ.