ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ 65 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގާނެ ސަރަހައްދެއް ހެދުމުގެ 80 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. މިހާރު ކުރިއަށްދަނީ ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނީން ބުނެއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ފައިމަގުގައި ހިނގޭ ގޮތަށް 16،518 ސްކެއާ މީޓަރުގެ ސަރަހައްދެއް މި މަޝްރޫއުގެ ދަށުން ގާއިމު ކުރާނެއެވެ. މީގެ އިތުރުން މަގުގައި ދުއްވޭ ގޮތަށް 38،916 ސްކެއާ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރާނެ ކަމަށާއި، 19,679.7 ސްކެއާ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ