ޓެކްނޮލޮޖީ

އިންޑިއާގައި ޕަބްޖީ މަނާ ކޮށްފި

މުހައްމަދު އައުޒަމް

އިންޑިއާގައި ޕަބްޖީ މަނާ ކޮށްފިއެވެ.

އިންޑިއާގައި ޕަބްޖީ މި މަނާކުރީ މި ގޭމާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހުސްތައް ކުރެވެމުންދާ ވަގުތެއްގަ އެވެ. އެ ގައުމުން ވަނީ ޕަބްޖީގެ އިތުރުން ޗައިނާއާ ގުޅުން ހުރި 100 އަށްވުރެ ގިނަ އެޕްވެސް ބަންދު ކޮށްފަައެވެ.

އިންޑިއާއިން ޗައިނާއާ ގުޅުން ހުރި އެޕްތަކާއި ގޭމްތައް ބަންދުކޮށްފައި ވަނީ ދެގައުމު ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ސައިބާ ސެކިއުރިޓީގެ މައްސަލަތަކެއް ކުރިމަތިވެދާނެތީކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އިންޑިއާގެ އައިޓީ މިނިސްޓަރު ވަނީ މިއީ އެގައުމުގެ ގައުމީ ސަލާމަތާއި އާންމު މަސްލަހަތުގެ އިތުރުން އެގައުމުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި މަނާކުރި އެޕްތަކެއް ކަމުގައި ވިދާޅުވެފައެވެ.

އިންޑިއާއިން މީގެކުރިން ވަނީ މަޝްހޫރު ޓިކްޓޮކްވެސް މަނާކޮށްފައެވެ. މިފަހަރު މަނާ ކޮށްފައިވާ އެޕްތަކުގެ ތެރޭގައި ވީޗެޓް ވޯކްގެ އިތުރުން ޓިކްޓޮކްއަށް ވަދެވޭ ވީޕީއެންވެސް ފާހަގަކޮށްލެވެއެވެ.