މިދިޔަ މަހު އިންޑިއާއިން ދެ މިލިއަނެއްހާ ކޮވިޑް ކޭސް ފެނިފައިވާކަމަށް ރެކޯޑުތަކުން ދައްކައިފިއެވެ.
އިންޑިއާގައި ކޮވިޑް ކޮންޓްރޯލް ނެތި ފެތުރެމުންދާއިރު އެގައުމުން މިހާތަނަށް 3.6 މިލިއަން ކޮވިޑް ކޭސް ވަނީ ފެނިފައެވެ. އިންޑިއާ ވެފައިވަނީ މުޅި ދުނިޔެއިން ވެސް އެއްމަސް ތެރޭ އެއް ގައުމަކުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވި ގައުމުކަމެވެ.
މިދިޔަމަހު އިންޑިއާގައި އެވަރެޖްކޮށް ދުވާލަކު 64000 ކޭސް ފެނިފަައިވަކަމަށް ރެކޯޑުތަކުން ދައްކައެވެ. ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނަ އެމެރިކާއިން މިދިޔަމަހު އެވްރެޖްކޮށް ދުވާލަކު 47000 ކޭސް ފެނިފައިވާކަމަށް އެގައުމުން ހާމަކޮށްފައިވާ ހިސާބުތަކުން ވަނީ ދައްކައިފައެވެ.
މާޗް މަހުން ފެށިގެން އިންޑިއާގެ ބޮޑު ސަރަހައްދެއް ލޮކްޑައުން ކޮށްފައި އޮތުމަށްފަހު ސަރުކާރުން ވަނީ ލުއިތަކެއް ދިނުމަށް ނިންމައިފައެވެ. އެގޮތުން އެގައުމުގެ އިގްތިސޯދަށް އަރާފައިވާ ލޮޅުމުގެ އިތުރުން އެތަކެއް މިލިއަން މީހުންގެ ވަޒީފާ ގެއްލި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ދަނޑިވަޅެއްގައި ހުރިހާ ސަރަހައްދެއްގެ ލޮކްޑައުން އުވާލުމާމެދު އިންޑިއާއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އިންޑިއާގެ ސަރުކާރާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދަނީ އެގައުމުން ފަށާފައިވާ ޓެސްޓު ކުރުމުގެ ހާއްސަ ޕްރޮގްރާމްގެ ތެރެއިން ގިނަބަޔަކު ޓެސްޓުކުރަން ފެށުމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ