ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވެފައިވަނީ މި ސަރުކާރުން އިންޑިއާއަށް ރާއްޖެ ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އަދި "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއް ވެސް ވަނީ މީސް މީޑިއާގައި ފަށައިފައެވެ.
އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު މާރިޔާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ސަބަބުން އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ބޮޑެތި ފައިދާތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެ ޓުވީޓުގައި މިނިސްޓަރު މާރިޔާ ވަނީ އިންޑިއާއިން ރާއްޖެއަށް ވެދިން ބައެއް އެހީތައްވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ސަލާމަތްވުމަށް އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމާއި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މާލެ ސިޓީ ފެނަށް ޖެހުމުން އިންޑިއާއިން ވެދިން އެހީތެރިކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ރައްޔިތުންނަށް އޮޅުވާނުލެވޭނެ ފަދަ ގުޅުމެއް ނޫން ކަމަށެވެ.
މި ސަރުކާރުން އަންނަނީ އިންޑިއާއާ ގާތް ގުޅުމެއް ބަދަހިކުރަމުންނެވެ. އެގޮތުން އިންޑިއާއިން އަންނަނީ އެކި ކަންކަމުގައި ރާއްޖެއަށް ދީލަތި އެހީތަކެއް ވެދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު