ކަރަންޓީން ފެސިލިޓީތަކުން ފިލި 11 ބިދޭސީއެއްގެ ފޮޓޯ އާންމުކޮށް، އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތަކެއް އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ ކަމަށެވެ. އަދި އެމީހުން ގައުމަށް އަނބުރާ ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ވަނީ އެ 11 ބަންގުލަދޭޝް ރައްޔިތުންގެ ފޮޓޯ އާއި ޕާސްޕޯޓްގެ މައުލޫމާތުތައްވެސް އާންމުކޮށްފައެވެ.
- ރޮޕަކް ކުރި، ލަކްސްމިޕޫރް (ޕާސްޕޯޓް ނަންބަރު: BM0938722)
- ބައްޗު، ކޮމިއްލަ (ޕާސްޕޯޓް ނަންބަރު: BR0872347)
- އެމްޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫރް (ޕާސްޕޯޓް ނަންބަރު: BH0071524)
- އެމްޑީ މިލޮން ޝެކް، ޖެނައިޑާހް (ޕާސްޕޯޓް ނަންބަރު: BX0843257)
- ސުމޮން އަހްމަދު (ޕާސްޕޯޓް ނަންބަރު: BX0876943)
- ރަބް، ކޮމިއްލަ (ޕާސްޕޯޓް ނަންބަރު: BE0857437)
- މުހައްމަދު ރުބެލް މިއަހް، ކޮމިއްލަ (ޕާސްޕޯޓް ނަންބަރު: BE0329984)
- މަޒްނު ޕްރަމަނިކް، ރަޖްބަރީ (ޕާސްޕޯޓް ނަންބަރު: BJ0081953)
- އެމްޑީ ޝާހާ އަލީ، ރަޖްބަރީ (ޕާސްޕޯޓް ނަންބަރު: BM0067339)
- ޚޯކޮން މާލިކު، ޗަންދުޕޫރް (ޕާސްޕޯޓް ނަންބަރު: BX0536661)
- ޝަހާދަތު ހުސައިން، ޗަންދުޕޫރް (ޕާސްޕޯޓް ނަންބަރު: BE0524543)
އެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9631696 އަށް ގުޅައި، އެކަން ފުލުހަށް އަންގަން އެ އިދާރާއިން އެދިފައިވެއެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރިއެވެ.
މީގެ ކުރިންވެސް ވަނީ ކަރަންޓީން ފެސިލިޓީތަކުން ފިލި ބިދޭސީންތަކެއްގެ މައުލޫމާތު ފުލުހުން އާންމުކޮށްފައެވެ.
ކޮވިޑަށް ރާއްޖެއިން 7،804 މީހުން ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 2،309 މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު