އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަ މިލިއަނަށް އަރައިފިއެވެ.

އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަ މިލިއަނަށް އަރާފައިވަނީ ފަސް މިލިއަނަށް އެރިތާ އެންމެ ތިން ހަފުތާ ތެރޭގައެވެ. އެގައުމުގައި ކޮވިޑް ޖެހޭ މީހުންގެ ތެރޭގައި އެންމެ ގިނައީ ޒުވާން އުމުރުގެ މީހުން ކަމަށް އެމެރިކަން އެކަޑެމީ އޮފް ޕެޑިއަޓްރިކްސް އިން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. ބާރު މިނެއްގައި ކޮވިޑް ފެތުރި ހުރިހާ ސްޓޭޓް ތަކަކުން ވެސް ބަލި ވަނީ ފެނިފައެވެ.

އެންމެ ގިނައިން ކޮވިޑް ޖެހިފައިވާ މީހުން ފެނިފައިވަނީ ކެލިފޯނިއާއިން ނެވެ. އެސިޓީން 706،500 ކޭސް ފެނިފައިވާއިރު ފްލޮރިޑާއިން 636500 ކޭސް ފެނިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

އެމެރިކާއިން ވެސް އަންނަނީ ކޮވިޑާ ދެކޮޅަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގައުމުގެ ރައީސް ޑޮނަލްޑް ޑްރަމްޕް ވަނީ މިއަހަރު ނިމުމުގެ ކުރިން ކޮވިޑްގެ ވެކްސިން އާންމުންގެ މެދުގައި ބޭނުން ކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.